Sunday, August 29, 2010

ލޯތްބައްޓަކާw


( ޝަޒޫ/ލީން ) ރޭގަނޑުގެ ހަމަ ހިމޭން ކަމުގެ ތެރެއިން އަހަރެން ހިގަން ފެށީމެވެ.. ހިތައް ހަމަ ޖެހުމެއް ލިބޭނެ
ކަމުގެ އެއްވެސް އުއްމީދެއް އޮވެގެން ނެއް ނޫނެވެ. ކުޑަ ކުޑަ ހިނދުކޮޅަކަށް ނަމަވެސް ހިތައް ފިނިކަމެއް ލިބޭނެ ކަމުގެ އުއްމީދުގައެވެ. ހަނދުވަރުގެ ރީތި އަލިން މުޅި އަތިރިމަތި ވަނީ ދިއްލާލާފައެވެ. އަހަރެން ނޫން އެހެން މީހެއްގެ އެއްވެސް ހިލަމެއް ފެނޭތޯ އަހަރެން ހޯދާލީމެވެ. މަޑުމަޑުން ވެލިގަނޑު މަތީގައި އިށިއިނދެލީމެވެ. ފުން ނޭވާއެއް ބޭރުކޮއްލުމަށްފަހު އަހަރެން ލޯ މަރާލީމެވެ. އަދި އަހަރެންގެ އެންމެ ޒުވާންދުވަސްވަރުގެ ސަފުހާތަކުން ސަފުޙާއެއްގެ ތެރެއަށް ފީނައިގަނެވުނެވެ.

ޝައިތާނާގެ ފަރާތުން ސިޓީ އެއް


ފަތިހުއެރި އިރާއި އެކު ތިބާ އިއްޔެ އާދައިގެ މަތިން ދުނިޔަވީ ކަންކަމުގައި މަސްއޫލުވެގެން އުޅުންތަން އަހަރެން ދުށީމެވެ. އެންމެ ފުރަތަމަ ކަމަކަށް ފަތިސް ނަމާދު ކުރަން ވެސް ތިބާ ހަނދާންނެއް ނެތެވެ! އެންމެ ކުޑަމިނުން ތިބާ ހެނދުނުގެ ނާސްތާ ނެގުމަށް ފަހު ތިބާ އަށް އެނާސްތާ ދެއްވި ﷲއަށް ޝުކުރު ވެރިނުވާތާގައި ރޭގައި ނިދުމުގެ ކުރިން އިޝާނަމާދު ވެސް ތިބާ ނުކުރެއެވެ. ތިބާގެ ތި ޝުކުރުވެރި ނުވާ ސިފައަކީ އަހަރެން ތިބާއާއި އެންމެ

Friday, August 27, 2010

ރީތި އަންހެނާ

ދިމިޝްޤު ގެ މަގެއްގެ އެއްކައިރީ މަޖިލިސް ހައްދަވައިގެން ޚަލީފާ އިންނެވި ދުވަހެކެވެ. އެއްވެސް ނިވަލެއް ނެތި މަޖިލިސް ވަނީ ނަސީމީ ރޯޅިތަކަށްޓަކައި ހަތަރު ފަރާތުން ހުޅުވާލެވިފައެވެ. މި ގޮތުގައި ދަރުބާރުގެ ބޮޑުންނާއި އެކު ތަޚުތުގައި ޚަލީފާ