ފަތިހުއެރި އިރާއި އެކު ތިބާ އިއްޔެ އާދައިގެ މަތިން ދުނިޔަވީ ކަންކަމުގައި މަސްއޫލުވެގެން އުޅުންތަން އަހަރެން ދުށީމެވެ. އެންމެ ފުރަތަމަ ކަމަކަށް ފަތިސް ނަމާދު ކުރަން ވެސް ތިބާ ހަނދާންނެއް ނެތެވެ! އެންމެ ކުޑަމިނުން ތިބާ ހެނދުނުގެ ނާސްތާ ނެގުމަށް ފަހު ތިބާ އަށް އެނާސްތާ ދެއްވި ﷲއަށް ޝުކުރު ވެރިނުވާތާގައި ރޭގައި ނިދުމުގެ ކުރިން އިޝާނަމާދު ވެސް ތިބާ ނުކުރެއެވެ. ތިބާގެ ތި ޝުކުރުވެރި ނުވާ ސިފައަކީ އަހަރެން ތިބާއާއި އެންމެ
ގަޔާވާ އެއްސިފައެވެ. އޭބަލަގަ މޮޔަ ޔާއެވެ! ތިބާ ތިވަނީ އަހަރެން ފަހުރުވެރިވާވަރަށް އަހަންނަށް އަޅުވެތިވެފައެވެ. ހަނދާންވޭހެއްޔެވެ! އަހަރެންނާ ތިބާޔާ މިހެން އުޅެމުން ގެންދާތާ އަހަރު ތަކެއް ވެއްޖެއެވެ. އަކަމަކުވެސް އަދިވެސް އެންމެ ފުރިހަމަ އަކަށް ތިބާ ދެކެ އަހަންނަށް ލޯތްބެއް ނުވެވެއެވެ. ލޯބިނުވާތާ އަހަރެން އަދިވެސް ތިބާ ދެކެ ވަރަށް ރުޅިއާދެއެވެ. އެއީ އަހަރެން ކަލާންގެ ދެކެ ރުޅިއަންނާތީ އެވެ. އަހަރެން ސުވަރުގެއިން ބޭރު ކޮށްލެވުނު ދުވަހުން ފެށިގެން ތިބާ މި ބޭނުންކުރަނީ އެކަމުގައި ބަދަލު ހިފުމަށެވެ. އޭބަލަގަ މޮޔަ ޔާއެވެ! ﷲ ތިބާ ދެކެ ވަރަށް ލޯބިވެއެވެ. އެކަލާނގެ ތިބާ އަށް ވަރަށް ފުރިހަމަ މަންޒިލެއް ތައްޔާރުކޮށްފައި ވާތަން އަހަރެން ދެކެފީމުއެވެ. އެހެނަސް ތިބާ ތިވަނީ އަހަންނަށް އެންމެ ފުރިހަމައަށް ހެއްލިފައެވެ! އަހަރެން ތިބާގެ މި ދުނިޔަވީ ދިރިއުޅުން ނަރަކައަކަށް ހަދާނަމެވެ.އެހެނީ އާޙިރުގައިވެސް ދެމީހުން އެކުގައި ނަރަކައިގައި ވާނީ އޭރުންކަމަށް ވާތީ އެވެ. ހުރިހާ ޝުކުރެއް ހައްޤުވަނީ ހަމަ ތިބާ އަށެވެ. އަހަރެން މިދައްކައި ދެނީ ތިބާ މި ދުނިޔޭގައި އަހަންނަށް އަޅުވެތިވެފައި ވާ މިންވަރެވެ. އަހަރުމެން ދެމީހުންނަށް އެއްކޮށް ހާދަހާ މަޖަލެއް ނެގިއްޖެއެވެ. ބަލަން ނުވާ ވަރުގެ ފިލްމްތައް ބަލައިފީމުއެވެ. މީހުންނަށް އެއްޗެހިކިޔާ ޖެންސުން ކޮށްފީމުއެވެ. ޕާޓީ އާއި ކްލަބުތަކުގައި މަޖާކޮށް މަސްތުވެވިއްޖެއެވެ. ވައްކަން ކޮށް ދޮގުހަދާ ދެފުއްކެހެރި މީހަކަށްވެވިއްޖެއެވެ. ޒިނޭ ކުރަމުން ބަނޑު ފުރެންދެން ކަމުން ނުލަފާ ޖޯކު ކިޔަމުން ދެބަ އޮޑުވަމުން ނެތިމޮށެމުން ދުވިއްޖެއެވެ. މުސްކުޅިންނަށް އިހްތިރާމް ނުކުރާތާ ވެރިންނަށް ކިޔަމަން ނުވާތާ މިސްކިތްތަކަށް ވެސް ތިބާގެ އިހްތިރާމް ކަނޑުވައި ލައިފީމުއެވެ. ހަމަ ޔަގީނުންވެސް މިހިރިއްޔަކީ ތިބާ މި ކަން ކަމުން ދުރަށްދާހިތްވާނެ ކަންކަމެއް ނޫނެވެ. އޭ ބަލަގަ މިހަރަ މޮޔަޔާއެވެ! ނަރަކައިގެ ގަދަފަދަ އަލިފާނުގައި އަބަދުގެ އަބަދަށް އަނދަންދަމާ ހިނގާށެވެ. އެކަމަށް އަހަރެން ތިބާ އަށް ވަރަށް މޮޅެތި ރޭވުންތައް ރާވައިފައި ހުންނާނެއެވެ. މި ސިޓީއަކީ ހަމައެކަނި ތިބާ ކެނޑިނޭޅި އަރައިގަންނަ ފާފަތަކަށް ހިތްވަރުދީ ސާބަސް ދިނުމުގެ ގޮތުން އަހަރެން ލިޔާ ސިޓި އެކެވެ. އަހަރެން ހަމައެކަނި ބުނެލަން ބޭނުންވަނީ "ޝުކުރިއްޔާ" މިހެންނެވެ. ތިބާގެ މިހަޔާތުގެ މަދުދުވަސް ކޮޅު ބޭކާރު ކޮށްލެވުނީތީއެވެ. ތިބާ ތީ ހާދަހާ ވާ ފަސޭހައިން ހައްދާލެވޭ މީހެކެވެ. އަހަރެން ތިބާއަށް މަލާމަތްކޮށްފައި ހެމެވެ. ތިބާ ފާފައަކަށް އަރައިގަންނަ ކޮންމެ ފަހަރަކު އަހަންނަށް ހާދަހާ ވާ މަޖެލެވެ. ހީހީ ހަލާކުވާ ވަރުވެއެވެ. ފާފަތަކަކީ ތިބާގެ ދިރިއުޅުމުގެ އަސްލު ކަމުގައި ހަދައިފީމުއެވެ. މިހާރު ތިބާ މުސްކުޅި ވެއްޖެއެވެ. އަހަރެން މިހިރީ މިހާރު ޒުވާން ލެޔަށް ފެންބޮވައި ގެންފައެވެ! ތިބާދެން ކޮންމެވެސް ކުދިބަޔަކަށް ފާފަކުރަން ދަސްކޮށްދޭން ދާށެވެ. ތިބާ ހަމައެކަނި ކުރަންޖެހޭނެހާވެސް ކަމަކީ ދުންފަތުގެ އިސްތިއުމާލު ކޮށް މަސްތުވާ ތަކެތި ބޭނުންކޮށް މަކަރު ހަދާ ޖުވާކުޅެ ނެތިމޮށި ޒިނޭކޮށް ރޭގަނޑުގެ ހަތަރުދަން މިއުޒިކާއި ނެށުމުގައި ހޭދަކުރުމެވެ. އެންމެ ރޮކް ލަވަތައްކިޔާ ނަށާ ހެދުމެވެ. އަދި ޙާއްސަކޮށް މިކަހަލަ ކަންތައް ކުރާ އިރު ތިބާގެ ދަރިން ކުރިމަތީ ގައި ކުރަން އާދަ ކުރާށެވެ. އެހެނީ ކުޑަކުދިން ވަރަށް އަވަހަށް ކޮޕީ ކުރާނެއެވެ. އޭބަލަގަ މިހިރަ މޮޔަޔާއެވެ! މިވަގުތަށް އަހަރެން ތިބާޔާ ވަކިވެލާނަމެވެ. އެހެނަސް މަދު ސިކުންތުކޮޅެއްގެ ތެރޭގައި ތިބާ މަގުފުރައްދަން އަނެއްކާވެސް އަންނާނަމެވެ!! ތިބާ ތީ ބުއްދިވެރިއެއްނަމަ މިހާރު ތިބާ މިސްކިތަކަށް ވަދެ ﷲ އަށް ތަޢުބާވާން ދާނެއެވެ. ހަޔާތުގައި ދެން އޮތް މަދުދުވަސް ކޮޅުގައި އިސްތިޤްފާރުކުރުންމަތީގައްޔާއި އަޅުކަމުގައި ދެމިހުންނާނެއެވެ. އެނގޭނޭ ފަދައިން އަހަންނަކީ މީހުން މަގުފުރެއްދުމުގެ ކުރިން އެމީހުންނަށް އިންޒާރުދޭބައެއް ނޫނެވެ. އެކަމަކު އުމުރުގެ ތިހާ ހިސާބަށް ދިޔައިމާވެސް ތިބާ ފާފަކުރުންމަތީ ދެމިހުރީތީ އެކަން މިހާރު އަހަންނަށް ބޮޑު ޖޯކަކަށް ވެއްޖެއެވެ. އަހަރެން މިބުނާން އުޅޭ އެއްޗެއް އޮޅުވާ ނުލާށެވެ. އަހަރެން އަދިވެސް ތިބާ ދެކެ ވަރަށް ފޫހިވެ ރުޅިއާދެއެވެ. އެހެނަސް ކަލާންގެ ކުރިމަތީގައި ތިބާ ތިވަނީ މޮޔައަކަށްވެ މަގުފުރެދިފައިވާ މީހަކަށްވެ ނިމިފައެވެ. ވީމާ ހަނދާކުރާށެވެ! ޤުރުއާން (14:22) އަދި އެއުރެންގެމައްޗަށް، ނިޔާކަނޑައެޅި ނިމުމަށްފަހު، ޝައިތާނާ ބުނާނެތެވެ. " ހަމަކަށަވަރުން ﷲ ކުރައްވާފައިވަނީ، ޙައްޤު (ތެދު) ވަޢުދެވެ! އަދި އަހުރެންވެސް ކަލޭމެންނަށް ވަޢުދުވީމެވެ. ނަމަވެސް އަހުރެން ވަނީ އެވަޢުދާއި ޙިލާފުވެ ނުމެފުއްދާ، މެއެވެ. ކަލޭމެންނަށް ހަމައެކަނި ގޮވައިލުން ފިޔަވައި ކެލޭމެންގެ މައްޗަށް އެހެން އެއްވެސް ބާރެއް ، އަހުރެންނަކަށް ލިބިގެންނުވެއެވެ. ދެން ކަލޭމެން އަހުރެންގެ ގޮވައިލުމަށް އިޖާބަދިނީއެވެ! ވީ އިރު އަހަރެން ކުށްވެރި ނުކުރާށެވެ! ކުށްވެރި ކުރާންވީ ކަލޭމެންގެ އަމިއްލަ ނުފްސުތަކެވެ! (މިހާރު) އަހުރެންނަކަށް ކަލޭމެންގެ އެހީތެރިއަކަށް ނުވެވޭ ހުއްޓެވެ! އަދި ކަލޭމެންނަކީ އަހުރެންގެ އެހީތެރިއަކަށް ވެސް ނުމެވެވޭހުށިމެއެވެ! އަހުރެންނަކީ ﷲ ގެ ޝަރީކަކު ކަމުގައި ކަލޭމެން ބެލިބެލުމަށް މީގެ ކުރީގައިވެސް އަހުރެން އީމާނެއްނުވަމެވެ! ހަމަކަށަވަރުން (ކަލޭމެންކަހަލަ) ހަމަގެއްލިފައި ތިބޭ ، ނުލަފާ މީހުންނަށް ، ވޭންދެނިވި (ގަދަފަދަ) އަޒާބު ލިބޭހުށިމެއެވެ!"

No comments:
Post a Comment