( ޝަޒޫ/ލީން ) ރޭގަނޑުގެ ހަމަ ހިމޭން ކަމުގެ ތެރެއިން އަހަރެން ހިގަން ފެށީމެވެ.. ހިތައް ހަމަ ޖެހުމެއް ލިބޭނެ
ކަމުގެ އެއްވެސް އުއްމީދެއް އޮވެގެން ނެއް ނޫނެވެ. ކުޑަ ކުޑަ ހިނދުކޮޅަކަށް ނަމަވެސް ހިތައް ފިނިކަމެއް ލިބޭނެ ކަމުގެ އުއްމީދުގައެވެ. ހަނދުވަރުގެ ރީތި އަލިން މުޅި އަތިރިމަތި ވަނީ ދިއްލާލާފައެވެ. އަހަރެން ނޫން އެހެން މީހެއްގެ އެއްވެސް ހިލަމެއް ފެނޭތޯ އަހަރެން ހޯދާލީމެވެ. މަޑުމަޑުން ވެލިގަނޑު މަތީގައި އިށިއިނދެލީމެވެ. ފުން ނޭވާއެއް ބޭރުކޮއްލުމަށްފަހު އަހަރެން ލޯ މަރާލީމެވެ. އަދި އަހަރެންގެ އެންމެ ޒުވާންދުވަސްވަރުގެ ސަފުހާތަކުން ސަފުޙާއެއްގެ ތެރެއަށް ފީނައިގަނެވުނެވެ.
އަމީނިއްޔާ ސުކޫލުގެ ގްރޭޑް 9 ގައި ކިޔަވަމުން ދިޔަ އަހަރަކީ އަހަރެންގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސްވަރެވެ. މަންމަ އާއި ބައްޕަ ގެ ހުރި ހަމައެކަނި ދަރިފުޅަކީ އަހަރެން ކަމުގައި ވީތީ އާއި، ސުކޫލުގައި އެންމެ ރީތި ކުދިންގެ ލިސްޓުގެ 1 ވަނައިން އަހަންނަށް ޖާގައެއް ލިވިފައިވިޔަސް، އަހަރެން އެކަމާއި ބޮޑައެއް ނުވަމެވެ. ނަމަވެސް އެކަމާއި ފަޚުރުވެރިވެ އަބަދުވެސް އުފާކުރަމެވެ. ސުކޫލަށް ވަނީންސުރެން އަހަންނަކީ ކިޔެވުމަށް ލޯބި ކުރާ އަދި މަންމަ އާއި ބައްޕަގެ ބަސްއަހާ ކުއްޖެއްގެ ގޮތުގައި އަހަރެންގެ މައިންބަފައިން ޤަބޫލޫކުރެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އަހަރެން ބޮޑުވަމުން އައީ އެދެމަފިރިންގެ ފުރިހަމަ ލޯތްބާއި އަޅާލުމުން ލިބި ނުހަނު އުފަލުގައެވެ. ގްރޭޑް 9 އަކާއި ހަމައަށް އައީ "ބީ" ރިޕޯޓް ގެ ނަތީޖާއެއްވެސް ދުވަހަކު ލޮލޮން ނުދެކޭ ހާލުއެވެ. މުޅީން "އޭ" ރިޕޯޓް ގެ ފާސްތަކާއި އެކު ކިޔަވަމުން އައީ ކިޔެވި ކޮންމެ ސުކޫލެއްގެ 1 ވަނައި ގައި ހިމެނެމުންނެވެ. ނަމަވެސް އަހަރެންގެ މައިންބަފައިން އަހަރެންނާއި މެދު ދެކުނު ފޮނި ހުވަފެންތަކާއި އަހަރެން މުސްތަޤުބަލަށްޓަކައި ކުރި އުއްމީދުތައް ފަޑުވެގެން ދިޔައި ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައެވެ.. އަހަރެންގެ ދިރިއުޅުމަށް އަންނަމުންދިޔަ ބަދަލުތަކަކީ ކޮބައިބާއެވެ؟؟؟؟؟
ލޯތްބަކީ ވަރަށް ފާޑެއްގެ އެއްޗެކެވެ. ބައެއް ފަހަރަށް މީހުން އުފަލުން ރޮއްވާލައެވެ. އަނެއްބައި ފަހަރަށް މުޅި އުމުރަށް ކަރުނަ ޚިޔާރު ކުރަން ޖެހެއެވެ. ވެވޭ ލޯތްބެއްގެ ސަބަބުން ބާއެވެ.؟ ނޫނީ ލޯބި ވެވޭ މީހެއްގެ ސަބަބުން ބާވައެވެ.؟ އަހަރެން ވީ ތެދުވެރި ހަގީޤީ ލޯތްބެވެ. ކުޅޭ ކުޅޭ ލޯތްބެއް ނޫނެވެ. ވަފާތެރި ވީމެވެ. އެތަކެއް ގުރުބާނީ ލޯތްބައްޓަކައި ވަމުން އައީ އެއްވެސް ފަރުވާލެއްނެތި މިހެން ވާނެ ކަމުގެ އެއްވެސް އުއްމީދެއްގައެއް ނޫނެވެ. ލޯބިވާ މަންމައާއި ބައްޕަ އަހަރެންދެކެ ވީ ލޯބި އަހަރެން ހަނދާން ނެތިގެން ދިޔައީ ކީއްވެބާއެވެ.؟ އެތަކެއް މަލަކުން ފޮނިބޮމުން އެތަށް ބައެއްގެ ދިރިއުޅުން ހަލާކު ކުރަމުން އައި ވިހަ ގަދަ ފިރިހެނަކަށްޓަކއި އަހަރެންގެ އުފާވެރި ދިރިއުޅުން ވެއްޔާ މޮޑެލެވުނީ ކީއްވެބާއެވެ.؟ ބައެއް ފަހަރަށް އަހަރެން މީ މޮޔަ އެކޭ ހިތަށް އަރާ އިރު އަނެއްބައި ފަހަރަށް މީ އަހަރެންގެ ދިރިއުޅުމުގައި ލިބުނު ފިލާވަޅެއްގެ ގޮތުގައި ނިއްމާލައިގެން ހުރުން ނޫން އެހެން ގޮތެއް މިއަދު އަހަރެންނަށް އެބަ އޮތް ހެއްޔެވެ؟؟ މުޅި ދުނިޔެއަށް އަހަރެން ގިނަވެ ބާކީވެ އެންމެންގެ ނަފުރަތާއި މަލާމަތް ލިބެން ފެށީ އާސިފް ގެ ސަބަބުން ނެވެ. އެއީ އަހަރެން އޭނަ ދެކި ވީ ލޯއްބެއްގެ ސަބަބުން ބާވައެވެ؟؟؟
އަހަރެންނާއި އާސިފް ދިމާވީ އަހަރެން ގްރޭޑް 9 ނިމުނު އަހަރު އާއިލާއާއި އެކު ޗުއްޓީ ހޭދަކޮށްލުމަށްޓަކައި ސިންގަޕޫރަށް ކުރި ދަތުރެއްގައެވެ. އެއީ ސިންގަޕޫރުގައި އާސިފް އިންޖިނިއަރިންގ ގެ ރޮގުން ޑިގްރީ ހަދަމުން ދިޔަ އަހަރެވެ. ސިންގަޕޫރަށް ގޮސް އަހަރެމެން ތިބީ އެކޮޅުގައި އުޅޭ މަންމަގެ ވަރަށް ގާތް ރައްޓެއްސެގެ ގޭގައެވެ. އަދި އާސިފް އަކީ ވެސް އެގޭ މީހުންގެ ރައްޓެހި ކަމުގައި އެ ގޭގައި ކިޔެވުމަށް އައިސް ހުރި ކުއްޖެކެވެ. ފުރަތަމަ ގޮސް ދެތިން ދުވަސް ވީ އިރުވެސް އަހަންނާއި އާސިފް އަކީ ނުދަންނަ ދެ ބީރައްޓެހިންނެވެ. ގޭގައި ވާހަކަ ދައްކާލާނެ އިތުރު މީހަކު ނެތުމުން، ގޮސް އާސިފް އާއި ވާހަކަ ދައްކާލަން އޭރުވެސް އަހަރެންގެ ހިތް ބުނަމުން ދިޔައެވެ. ނަމަވެސް އަހަރެންނަކީ ފިރިހެނުންނާއި ސަކަރާތް ޖަހާއި ރައްޓެހިކަން ބަދަހި ކުރުމަށް އާދަވެފައިވާ ކުއްޖަކަށް ނުވާތީ އެކަން އެގޮތަށް ކުރުމުގެ ހިތްވަރު އޭރު ނުލިބުނެވެ. ކޮންމެ ދުވަހެއްގެ ވެސް އާދައިގެ މަތިން ހެނދުނު ކޮލެޖަށް ދިޔުމަށްފަހު އާސިފް ގެއަށް އަންނަނީ ހަވީރުގެ ވަގުތެއްގައެވެ. ކޮންމެ ދުވަހަކުވެސް އާސިފް ގެއަށް އަންނަ ވަގުތު އަހަންނަށް ބެލުކަނީގައި ހުރެވުން އެއީ އިއްތިފާޤެއް ނޫންކަމެއްވެސް ނޭންގެއެވެ. ނަމަވެސް އެހެން ދުވަސްތަކާއި ޚިލާފަށް އެދުވަހު ތަފާތު ކަމެއް ވިއެވެ. އެދުވަހު އާސިފް ގެއަށް ވަންނަން ދަމުން މަޑުމަޑުން އައިނީ އޭ ކިޔާ އަހަންނަށް ގޮވާލިއެވެ. ޚައިރާންކަމެއްގެ ތެރޭގައި ހުރެ ބަދަލުގައި އަހަރެން އާސިފް އަށް ހިނިތުން ވެލީމެވެ. އަހަރެންގެ ޚަޔާތުގެ ނައު އެހެން މިސްރާބަކަށް ބަދަލުކޮށްލި ފުރަތަމަ ތަފާތުކަމެއް އިހުސާސްވި ދުވަހަކީ އެއީއެވެ................. ( ނުނިމޭ )

No comments:
Post a Comment