އަނދަމުން ދިޔަ އަލިފާން ގަނޑުގެ ތެރެއަށް އެ ހިތް ލައި ފިހަމުން ދިޔައެވެ. ދިލަ ހޫނުވުމުން އެފުށް މިފުށަށް ޖެހި، ފިހި ނިމިއްޖެއެވެ.
އެހެނަސް އަހަރެންގެ ހިތް އޭނާއާއި މެދު ހެވެއެވެ. އެކަން ހާމަކޮށް އަހަރެން ސިޓީއެއް ލިޔުނީމެވެ. އެހެނަސް އެ ސިޓީ އަދިވެސް އޭނާގެ އަތާއި ހަމައަށް ވާސިލެއް ނުވެއެވެ. ސަބަބަކީ އަހަރެމެންނަށް އުޅެން ޖެހިފައިވަނީ އެކަކު އަނެކަކާއި ދުރުގައި ކަމަށް ވާތީއެވެ. އެ ސިޓީ އަދިވެސް ހިތުން ކިޔާއި ލެވޭހައި ވަރަށް އަހަރެން ހިތު ފަރިތައެވެ. އެ ސިޓީގައި އަހަރެން ލިޔެފައި ވަނީ މިހެންނެވެ.
" މިހިތަށް އުނދަގޫވެގެން ފާޅުކުރި ލޯތްބަށް އިއުތިރާޝްވި މަލަކާއަށް...
އަހަރެން ކަލާދެކެވާ ލޯބި ފޮޅެމުންދާ ނޫކުލައިގެ ފިނިފެންމަލެއްގެ ފިޔަތަކުގައި ލިޔަމުން ދިޔަކަމުގައިވިޔަސް މިއަދު އެކަމުން އެއްވެސް ރާހަތެއް ކަލާއަށް ނުކުރާނެކަން ކަށަވަރެވެ. ކަލާ ގަބޫލު ކުރިޔަސް އަދި ނުކުރިޔަސް މި ލޯތްބަށް އަންނާނެ އިތުރު ބަދަލެއް ނެތެވެ. ކަލާއަށްޓަކައި އަހަރެން ކުރި އެ ދިގު އިންތިޒާރު ހިނދުކޮޅެއްގެ ތެރޭގައި ކަލާ ބުނެލި ލަފުޒަކުން ނިންމާލީމެވެ. ސަބަބަކީ ދެން އިތުރަށް ކުޑަވެސް އުއްމީދެއް ނެތުމުންނެވެ.
ކަލާ އަހަރެންދެކެ ލޯބިވާ ވާހަކަ ބުނޭތޯ ހުންނަތާ ލައްކަ ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. އެއީ ކަނޑުގައި އަޅައި އޮޔާއި ރާޅުފަދަ އެއްޗެކެވެ. ދެ ފަހަރަކު އެއްގޮތެއް ނުވެއެވެ. އިހުސާންތެރިން ކަލާ ދަސްކުރާށެވެ. ނަސީބުގައި ހިފަން ލިބޭ ހިނދު އެޔާއި ފުރަގަސްދިން ނާކާމިޔާބު ހިތާއެވެ. އަހަރެންގެ ލޮލުން އޮހުރުވި ލޭ ކަރުނަތައް ކޮބާހެއްޔެވެ؟ އެހެނަސް ދެން އިތުރަށް އޮހޭނެ ކަރުނައެއް ނެތެވެ.
އަހަރެންގެ ނަސީބުގައި ކަލާ ލިބެން ނެތީކަމަށްވެސް ވެދާނެއެވެ. އެހެން ވީމާ ކަލާ ދެކި ވީ ލޯތްބާއި ކުރި އިތުބާރާއި، އިންތިޒާރު އެއީ ނެތް އެއްޗެއްކަމުގައި ހެދިދާނެއެވެ. ނަމަވެސް އެންމެ ފަހުނޭވާޔާ ޖެހެން ދެންވެސް ކަލާމަތިން ހަނދާންކުރާނަމެވެ. އަހަރެންގެ އިހުސާސުތަކަށް ކަލާ ކުޑަކޮށްވެސް އިހުތިރާމު ނުކުރި ކަމުގައި ވިޔަސް މެއެވެ. އަހަރެންގެ މުޅި ޖާން ހިބައިން ދިންއިރު، އަހަރެންގެ ހިތް ދަތިކޮށްލި ކަމުގައި ވިޔަސް މެއެވެ. ކުރި އިތުބާރާއި ޔަޤީން ކަމަށް ކަލާވި ވަޢުދު އަމިއްލައަށް ޙިޔާނެތްތެރިވި ކަމުގައި ވިޔަސް ހެވެއެވެ. އަހަރެންގެ މުޅި އުމުރު ކަނު ލޯތްބަށްޓަކައި ހޭދަކުރަން ޖެހުނު ބޭކާރު ދިރިއުޅުން ލިބުނުކަމުގައި ވިޔަސް ،އަދިވެސް އަހަރެންގެ ހިތް ކަލާޔާއި މެދު ހެވެއެވެ......(ނުނިމޭ )

No comments:
Post a Comment