ކުޑަ އިރުކޮޅެއް ފަހުން އެދިމާލުން ރަތް ފިނިފެންމާތަކެއް ބާރު އޮއިވަރަކާއި އެކު އަންނަތަން ފެނުނެވެ. އެއާއި އެކު ފެނުނީ އެ ފިނިފެންމާތަކުން ލޭ އޮހޮރެމުން ދާތަނެވެ. އެލެއިން މުޅި ކޯރުތެރެ ކިލަނބުވަމުން ދިޔައެވެ. އެމީހުން އަވަހަށް އެތަނުން ދާން މަސައްކަތް ކުރިއެވެ. ދެމީހުން އެކުއެކީގައި ކުރިމަތިން ފެންނަށް އޮތް މަގުން ދުއްވައިގަތެވެ.
Tuesday, February 1, 2011
މަގޭހިތުގެމަލަކާ (ތިންވަނަބައި(
އަނދަމުން ދިޔަ އަލިފާން ގަނޑުގެ ތެރެއަށް އެ ހިތް ލައި ފިހަމުން ދިޔައެވެ. ދިލަ ހޫނުވުމުން އެފުށް މިފުށަށް ޖެހި، ފިހި ނިމިއްޖެއެވެ.
އެހެނަސް އަހަރެންގެ ހިތް އޭނާއާއި މެދު ހެވެއެވެ. އެކަން ހާމަކޮށް އަހަރެން ސިޓީއެއް ލިޔުނީމެވެ. އެހެނަސް އެ ސިޓީ އަދިވެސް އޭނާގެ އަތާއި ހަމައަށް ވާސިލެއް ނުވެއެވެ. ސަބަބަކީ އަހަރެމެންނަށް އުޅެން ޖެހިފައިވަނީ އެކަކު އަނެކަކާއި ދުރުގައި ކަމަށް ވާތީއެވެ. އެ ސިޓީ އަދިވެސް ހިތުން ކިޔާއި ލެވޭހައި ވަރަށް އަހަރެން ހިތު ފަރިތައެވެ. އެ ސިޓީގައި އަހަރެން ލިޔެފައި ވަނީ މިހެންނެވެ.
Subscribe to:
Comments (Atom)

